ކ. މާލެ
|
14 ޖެނުއަރީ 2023 | ހޮނިހިރު 09:23
އައްބާސް އާދިލް ރިޒާ އަށް މަގާމެއް ހަވާލު ކުރައްވަނީ
އައްބާސް އާދިލް ރިޒާ އަށް މަގާމެއް ހަވާލު ކުރައްވަނީ
ރައީސް އޮފީސް
އައްބާސްގެ ބަންދުގެ މުއްދަތު
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް ދޫކޮށްލައިފި
ޓްވިޓަރ މެދުވެރިކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި
އޭނާ ހައްޔަރުކޮށްފައިވަނީ 25 ޑިސެމްބަރު 2022 ވީ އާދިއްތަ ދުވަހު

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބެހެއްޓުމަށްފަހު، މިހާރު ދޫކޮށްލައިފިއެވެ.

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފައިވަނީ 25 ޑިސެމްބަރު 2022 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭރު އޭނާ 5 ދުވަހަށް ބަންދު ގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އަދި އޭގެ ފަހުން އިތުރު 7 ދުވަހަށް އޭނާ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރިއެވެ. އޭނާ ދޫކޮށްލީ އެ މުއްދަތު ހަމަވުމުންނެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައެވެ.

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ މަސައްކަތް ފަށަން ފެންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ މިގޮތަށް ޓްވީޓް ކުރެއްވީ އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކުރައްވައެވެ.

އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އައީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ. މި މައްސަލަ ބަލާނެ ކަމަށް ފުލުހުން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް