Advertisement
ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 07:12
މިސްކިތް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން
މިސްކިތް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން
މާލެ ސިޓީ ކައުންސިލް
މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް
"ޗާލު މިސްކިތް" ފަންޑުން މާލޭގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި
ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނު

މާލެ ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލި "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތުކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ "ޗާލު މިސްކިތް" ފަންޑަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް 2 ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުން 744713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.

Advertisement

މާލެ ސިޓީ ކައުންސިލުގެ "ޗާލު މިސްކިތް" ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނީ (އާސަހަރާ މިސްކިތް) އެވެ. ކައުންސިލުން ވަނީ އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަލުމަށް ކުލަކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތްކޮށްފައެވެ. މި މިސްކިތް މަރާމާތް ކުރުމަށް ފަށާފައިވަނީ އާންމު ފަރާތަކުން މި މިސްކިތް މަރާމާތު ކުރުމަށް ހަރަދުވާ ފައިސާ އެއްކޮށް "ޗާލު މިސްކިތް" ފަންޑަށް ހަދިޔާ ކުރުމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް