Advertisement
ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 23:07
ކޮމިޝަނަރ އޮފް ޕްރިޒަންސް
ކޮމިޝަނަރ އޮފް ޕްރިޒަންސް
ކަރެކްޝަން ސަރވިސް
އައްސޭރި ޖަލުގެ ޚިދުމަތަށް 14 އަހަރު
ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: ކޮމިޝަނަރ އޮފް ޕްރިޒަންސް
ސީޕީ ވިދާޅުވީ، ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވުމަކީ މުހިންމު މަސައްކަތެއް ކަމަށް
ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި، އެތަން ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު

ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް, ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އައްސޭރި ޖަލުގެ ޚިދުމަތަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ސީޕީ ވިދާޅުވީ، ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވުމަކީ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރެވުނީ އައްސޭރި ޖަލުގެ އޮފިސަރުންނާއި ގައިދީންގެ މަސައްކަތާއި ޕްރިސްކޯގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވީ، އެ މަސައްކަތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސައްވަރުކުރާ ގޮތަށް، ކުށްކުރާ ކުޑަކުދިން ވަކިން ބަންދުކޮށްގެން ބަލަހައްޓަން ފެށުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ. އޭނާ ވިދާޅުވީ އެ ކުދިން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމްކުރަންޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި، އެތަން ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް