ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 10:06
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ
ރޮއިޓާސް
ޚައިރް ބޮލްސޮނާރޯ
ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި
ބޮލްސޮނާރޯ ހުންނެވީ ފްލޮރިޑާގެ ކިސިމީގައި ހުންނަ ގެކޮޅެއްގައި
ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އަންގާރަ ދުވަހު

ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އަންގާރަ ދުވަހުއެވެ.

ބޮލްސޮނާރޯގެ އާއިލާ މެންބަރަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ  އެޑްމިޓް ކުރީ ފްލޮރިޑާގެ އޮލެންޑޯއާ ކައިރި ހިސާބެއްގައި ހުންނަ ހޮސްޕިޓަލެއްގައެވެ.

ހޮސްޕިޓަލުން ދޫކޮށްލެއްވުމުން މިހާރު ބޮލްސޮނާރޯ ހުންނެވީ ފްލޮރިޑާގެ ކިސިމީގައި ހުންނަ ގެކޮޅެއްގައެވެ.

ބޮލްސޮނާރޯ އެޑްމިޓް ކުރެއްވީ 2018 ވަނަ އަހަރު އިންތިޚާބުގެ ކެމްޕޭނު ތެރެއިން އެމަނިކުފާނަށް މީހަކު ވަޅިން ޙަމަލާ ދިނުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ އަނިޔާގެ ސަބަބުންނެވެ. އެގޮތުން ޙާލު ސީރިއަސް ނުވި ނަމަވެސް ދޭތެރެ ދޭތެރެއިން ގޮހޮރުގެ ސިއްޙީ މައްސަލަތައް އެކަމުގެ ސަބަބުން ދިމާވެއެވެ.

ބޮލްސޮނާރޯ ފްލޮރިޑާއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެހެންނަމަވެސް ފްލޮރިޑާއަށް ވަޑައިގެން އެއް ދުވަސް ވީތަނާ ހޮސްޕިޓަލުގައި އެޑްމިޓްވާން ޖެހިވަޑައިގަތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް