ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 07:35
ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން
ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
ނަދީމްގެ މަރުގެ މައްސަލަ
ނަދީމްގެ މަރު: ކުށް ސާބިތު ނުވި މައްސަލަ އިސްތިއުނާފުކޮށްފި
ނަދީމް މަރުވެފައިވަނީ އޭނާގެ ބޮލަށް ތޫނު އެއްޗަކުން ދިން ޙަމަލާގެ ސަބަބުން
ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓާއި ގުޅޭގޮތުން ޝަރީއަތަށްވެސް ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ގާޒީ ވަނީ ވިދާޅުވެފައި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.

މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައެއެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ގާޒީ ވަނީ މި މައްސަލައިގެ ހެކިތަކަށް ބަލާއިރު، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓާއި ގުޅޭގޮތުން ޝަރީއަތަށްވެސް ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، ސިއްރު ހެކިންގެ ހެކިބަހުގައިވެސް ފުށުއަރާ ކަންކަން ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިއްރު ހެކިންތަކެއްގެ ސިޓީއާއެކު އެ ސުވާލުތައް އިތުރުވެގެން ގޮސްފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކަންކަމުގެ މައްޗަށް ބަލާ، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ލިޔެކިޔުންތަކާއި ގުޅުވާލެވޭ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށް މަފާޒުގެ މައްޗަށް ސާބިތުނުވާކަމަށް ގާޒި ވަނީ ޙުކުމް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް