ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 23:26
ހުޅުމާލެ
ހުޅުމާލެ
އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނުން
ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލެއްގުމާ ގުޅިގެން ތަހުގީގު ކުރަނީ
ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ ހުޅުމާލޭ ރެޑްބުލް ޕާކާ ދިމާއިން އަތިރިމަތިން

ހުޅުމާލޭގެ އަތިރިމައްޗަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލެއްގުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ޕާކާ ދިމާއިން އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގައި މައުލޫމާތު އަންގާރަ ދުވަހުގެ ހަވީރު 17:38ހާއިރު ލިބިފައިވާ ކަމަށެވެ.

Advertisement

އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިފައިވަނީ އިންސާނެއްގެ ދެ ފައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް