ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 07:47
ޓެރަރިޒަމާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއްވަނީ ފަށާފައި
ޓެރަރިޒަމާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއްވަނީ ފަށާފައި
ރާއްޖެއެމްވީ
ޓެރަރިޒަމްގެ މައްސަލަތައް
އައްޑޫގައި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އިންޒާރު ދީފި
މި މައްސަލަ ފުލުހުންގެ ސަމާލުުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނޭ
ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށާއި އަޚުންތައް ދޫކޮށްލުމަށް ވަނީ ގޮވާލާފައި

އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލާ އިންޒާރު ދީފިއެވެ.

އާދިއްތަ ދުވަހު އެ މީހުން ދޫކޮށްލަން ގޮވާލަން އިންޒާރު ދިނުމަށް ފަހު ލިޔެފައިވާ މެސެޖުތަކެއް ހިމެނޭ ގަނޑުތަކެއް އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެ. އެ ލިޔުންތަކުގައި ވަނީ އައްޑޫ ސިއްސުވާލާނެ ކަމަށާއި އެއީ ފަހުގެ އިންޒާރު ކަަމަށް ބުނެފައެވެ. މީގެ އިތުރުން ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށާއި އަޚުންތައް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

ފުލުހުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ. ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އޭނާ ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން މިހާރު އޭނާ ހުރީ ބަންދުކޮށްފައެވެ.

ފުލުހުންނާއި ސިފައިން ހިންގި މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ އިތުރުން މާލެއާއި ކ. ގުރައިދޫ އިން ޖުމުލަ 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް