ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 13:18
ރައީސް ސާލިހު
ރައީސް ސާލިހު
ރާއްޖެއެމްވީ
ކެނދިކުޅުދޫގެ ކުރިމަގު
ކެނދިކުޅުދޫއަކީ ކުރިމަގު އޮތްތަނެއް، ޚިދުމަތްތައް ފުޅާކުރަނީ އެގޮތަށް ވިސްނައިގެން: ރައީސް
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ކުރިއަށްގެންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވި
ކެނދިކުޅުދޫއަކީ ބޮޑުކުރެވޭނެ ރަށެއް ކަމަށާއި، އެ ރަށުގައި ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ނ. ކެނދިކުޅުދޫގައި ބިން އެބަ އޮތް ކަމަށާއި, އެ ރަށުގައި ޚިދުމަތްތައް ފުޅާކޮށް، އާބާދީ ބޮޑުކުރެވިދާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ހޮނިހިރު ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް އެއްވެސް ތަފާތުކަމެއް ނެތި ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ. ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ކުރިއަށްގެންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައެއް ސަބަބުތަކާހުރެ ޕްރޮޖެކްޓްތައް މަޑުޖެހިފައި ހުރިކަމަށާއި، ކެނދިކުޅުދޫގެ ނަރުދަމާއަކީ އެފަދަ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަމާގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރައްވާކަމަށާއި، ވަރަށް އަވަހަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެ ރަށުގައިވެސް ލިބޭނެކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެނދިކުޅުދޫއަކީ ބޮޑު ކުރެވޭނެ ރަށެއް ކަމަށާއި، އެ ރަށުގައި ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ރަށަކީ ބޮޑު ރަށެއްކަމުން، އެ ރަށުގެ އާބާދީ ތިންގުނަ އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކެނދިކުޅުދޫއަކީ މުސްތަގްބަލު އޮތް ރަށެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ ވިސްނުމުގަ، މި ރަށުގަ ދޭން ޖެހޭ ތަފާތު ޚިދުމަތްތައް ފުޅާކޮށް އެ ޚިދުމަތްތައް އަވަހަށް ދިނުމަށްޓަކާ ކުރަންޖެހޭ ކަންކަން އެބަ ކުރަން. ސިއްހީ ޚިދުމަތް ދޭންޖެހޭ. ކޮލެޖުން ކިޔެވުމުގެ ތައުލީމުގެ ފުރުސަތުތައް މި ރަށުން ލިބެންޖެހޭ. އެހެން މި ދެންނެވީ، މި ރަށަކީ ބޮޑު ރަށެއް. އާބާދީ ދެ ގުނަ، ތިން ގުނަ ބޮޑު ކުރެވިދާނެ. އެހެންވީމަ މުސްތަގްބަލެއް އޮތް، އާބާދީއެއް ބޮޑުކުރެވޭނެ ރަށެއްކަމަށް ބަލައިގެން މި ސަރަހައްދުގެ ތަރައްގީއަށްޓަކާ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ.
ރައީސް ސާލިހު

ރައީސް ވަނީ އެ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާކަަމަށާއި، އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދާފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތާ ހިސާބަށް މިހާރު ގޮސްފައިވާކަަމަށާއި، ދާދި އަވަހަށް އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކެނދިކުޅުދޫގެ އިންޖީނުގޭގެ މަސައްކަތް ނިމިފައިވާކަމަށާއި، އެ ތަނުގެ ޚިދުމަތްވެސް ފެނަކައިން ވަރަށް އަވަހަށް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް