ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 22:51
ރައީސް ޞާލިހު
ރައީސް ޞާލިހު
ރާއްޖެއެމްވީ
2023 ވަނަ އަހަރުގެ ރިޔާސީ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ބޮޑުތަނުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް
ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެގެން މަސައްކުރައްވާނެ ކަމަށް
ރައީސް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ކާކާއި އެކުތޯ ވިސްނުމަށް އެދިލައްވާފަ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ބޮޑުތަނުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރ.މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެގެން މަސައްކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީ އަށް 2008 ވަނަ އަހަރު ވެރިކަން ލިބުނު ގޮތާއި ވެރިކަން ގެއްލިގެން ދިޔަ ގޮތް އެންމެންގެ ހަނދާނުގައި ހުންނާނެ ކަަމަށެވެ. އަދި 2012 އިން 2018 އަށް އެމްޑީޕީ މަގުމަތިވި ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް އިވޭ އަޑުތަކަށް ބަލާއިރު ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެ ކަމަށް ޔަގީންކަމާއި އެކު ދަންނަވަން ކެރޭ ކަަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވިސްނަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން މިއަދުން ފެށިގެން މަސައްކަތް ވެސް ވިސްނުން ވެސް ފިކުރު ވެސް ހިޔާލުވެސް ގެންގުޅެންވީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ސަރުކާރު އެކުލަވާލުމުގައި ކާމިޔާބު ހޯދުމަށް. އަޅުގަނޑު ނުކުމެ މިހުރީ އެމްޑީޕީ އަށް މި ކާމިޔާބު ހޯދަދޭން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްދަލުވުންތައް ބޭއްވޭ. ހަރަކާތްތައް ބޭއްވޭ. ޔަގީން ކަމާއި އެކު ދަންނަވަން ކެރޭ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ވާނެ ކަމަށް
ރައީސް ޞާލިހު

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތުކުރުމެއް ނެތި، ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ތަފާޓު ފިކުރުތަކާއި އެކު މަސައްކަތްކުރެވޭނެ ވެރިއަކު ހޮވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވީ ނަމަވެސް އެކަނި އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތަށް ބެލުމުން އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިހު ވަނީ އެމަނިކުފާނަކީ ތަފާތު ފިކުރުގެ މީހުންނާއި އެކު މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް