ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 19:03
ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލް
ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އަޅައިފި
އަލިފުށީ އެއަރޕޯޓް ތަރައްގީކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު
އެ މަޝްރޫއުގެ ދަށުން އަލިފުށީގެ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ

ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އަޅައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޓަރމިނަލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ކަމަށްވާ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިނާއި ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ.

އަލިފުށީ އެއަރޕޯޓް ތަރައްގީކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން އަލިފުށީގެ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެެ. އަދި އެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ އަމަލީ މަސައްކަތްތައް ފަށަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ޖާގައަކީ އެއަރޕޯޓް ސަރަހައްދަށް ބޭނުންކުރާ ޖާގައެވެ. ބާކީ 10 ހެކްޓަރު ބޭނުންކުރާނީ އެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި، ރަށުގައި އިގްތިސާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް