Advertisement
ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 11:57
ރައީސްގެ ދެކަނބަލުން އަލިފުއްޓަށް ވަޑައިގަތުން
ރައީސްގެ ދެކަނބަލުން އަލިފުއްޓަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސް އަލިފުށި ދަތުރުފުޅު
ރައީސްގެ ދެކަނބަލުން ރ. އަލިފުށްޓަށް
ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ
ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާވެސް ވަނީ ބައްދަލު ކުރައްވާފައި
އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެރަށަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ. އަލިފުށްޓަށް ކުރެއްވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އަދި އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވާނެއެވެ. އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް