ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 07:18
ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި
ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލައިފި
ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން
ހޯމަ ދުވަހުގެ ރޭ ރޯކޮށްލާފައިވަނީ އެޗްޑީސީ ބިލްޑިން ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކާރެއްގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ރޯކޮށްލާފައިވަނީ އެޗްޑީސީ ބިލްޑިންގު ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ޕާކިން އޭރިޔާގައި ޕާކުކޮށްފައި އޮތް ކާރުގައި ރޯކޮށްލި ކަމުގެ ރިޕޯޓެއް ހޯމަ ދުވަހުގެ ރޭ 7:40 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ގިނަ އިރުތަކެއްނުވެ އަލިފާންގަނޑު ނިއްވާލާފައި ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް