Advertisement
ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 12:42
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކަށް ވަނުން
ސިޔާސީ ޕާޓީތަކާ ގުޅޭ ފޯމަށް ގެނައި ބަދަލާއެކު އީސީއަށް ހުށަހެޅި ފޯމުގެ އަދަދު 22 އިންސައްތަ ދަށަށް
ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އެ ކޮމިޝަނުން ވަނީ ބަދަލުގެނެސްފައި
ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަތައް ވަނީ އިތުރުވެފައި
ކެމްޕެއިން ހަރަކާތްތަކާއި ދިމާކޮށް މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވޭ

ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ފޯމަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލާއެކު، އެ ކޮމިޝަނަށް މިދިޔަ މަހު ހުށައެޅި ފޯމުގެ އަދަދު 22 އިންސައްތަ ދަށަށް ގޮސްފިއެވެ.

ސިޔާސީ ޕާޓިތަކަށް މެންބަރުން ވައްދާ ފޯމަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފައި ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ އިރު އޮޅުވާލައިގެން މީހުން ވެއްދުމާއި، އާއްމުންނަށް އެނގުމަކާއި ނުލާ އެ މީހުން އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައެވެ.

އެހެންކަމުން ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އެ ކޮމިޝަނުން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އެ ކޮމިޝަނުން އެފަދަ ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.\

ޚާއްސަކޮށް އިންތިޚާބުތަކާއި ދިމާކޮށް ނުވަތަ ކެމްޕެއިން ހަރަކާތްތަކާއި ދިމާކޮށް މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ.

އެކަމާ ގުޅޭގޮތުން އީސީން ބުނީ، ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްޙަކަން އިތުރަށް ކަށަަވަރު ކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދެވޭ ކަމަށެވެ.

Advertisement

އީސީން މައުލޫމާތު ދޭ ގޮތުގައި 2022 ޑިސެމްބަރު 1ން ފެށިގެން ފޯމަށް ގެނެވުނު ބަދަލާއެކު، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕާޓީތަކުން ހުށައެޅި ފޯމުގެ އަދަދު 2021 ގެ އެ މުއްދަތުގައި ހުށައެޅި ފޯމަށް ވުރެ 22 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ބަދަލު ގެނެސްފައިވާ ފޯމުތަކަކީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމާއި، މެމްބަރުކަމަށް ވުމަށް އެދޭ ފޯމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމެވެ. އޭގެ ތެރެއިން އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުން ކަމަށް ވާއިރު މީގެ ކުރިން ފޯމުގައި ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. އަދި ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ބަދަލުތައް ގެނައީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް