Advertisement
ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 11:43
ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗު ކުރުން
ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗު ކުރުން
ރާއްޖެއެމްވީ
ޤުރުއާން މުބާރަތް
ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗުކޮށްފި
މިއީ ރަންތާޖު ޕްރޮގްރާމްގެ ފުރަތަމަ ސީޒަން
ރާއްޖޭގެ 10 ސަރަަޙައްދެއްގައި އޮޑިޝަންތައް ކުރިއަށްދާނެ
20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެ

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗުކޮށްފިއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މުބާރަތް ލޯންޗު ކޮށްފައިވަނީ ހޯމަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މުބާރަތް ލޯންޗު ކުރުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެޓީވީން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ފަހުމުނާމާގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

އަދި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ، މިއީ ރަންތާޖު ޕްރޮގްރާމްގެ ފުރަތަމަ ސީޒަން ކަމަށާއި، އަމާޒަކީ މި ޕްރޮގްރާމް ރާއްޖޭގެ އަސްކަނިން ބޭރަށް ގޮސް، ބައިނަލްއަޤުވާމީ ޕްރޮގްރާމަކަށް ވުން ކަމަށެވެ.

މި ޕްރޮގްރާމްގައި ހޯމަ ދުވަހުން ފެށިގެން ބައިވެރިވެވޭއިރު، ރާއްޖޭގެ 10 ސަރަަޙައްދެއްގައި އޮޑިޝަންތައް ކުރިއަށްދާނެކަމަށް އާމިރު ވިދާޅުވިއެވެ. އަދި 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި, ރ. އުނގޫފާރު އަދި މާލެ ސިޓީއެވެ. އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދޭތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް