Advertisement
ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 11:39
ކަނޑުމަތީގައި މެރިން ޕޮލިސް ހަރަކާތްތެރިވަނީ
ކަނޑުމަތީގައި މެރިން ޕޮލިސް ހަރަކާތްތެރިވަނީ
ޕޮލިސް
ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނުން
ވ އަތޮޅު ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ
އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:03 ހާއިރު
ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗަކަށް ނަގާފައި

ވ. އަތޮޅުގެ ތެރެއިން ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ވ. އަތޮޅު ވެމްފަރު ފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:03 ހާއިރު ކަމަށެވެ. ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗަކަށް ނަގާފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ކަނޑުމަތިން ފެނުނު ހަށިގަނޑު ކަނޑުމަތީގައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

Advertisement

ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ވ. އަތޮޅު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައި މިވަނީ ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހުން ގެއްލިގެން ފުލުހުން ހޯދަމުންދަނިކޮށެވެ. މި ދެ މީހުން ދަތުރުކުރި ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާލުން އޮޔާ ދަނިކޮށް އާދިއްތަ ދުވަހު ފެނިފައެވެ. ނަމަވެސް ފުލުހުން ބުނީ އެ ބޯޓުގައި މީހުންނެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް