ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 07:50
ކުއްތާ ބޭނުންކޮށްގެން ހިންގި ފުލުހުން އޮޕަރޭޝަނެއް
ކުއްތާ ބޭނުންކޮށްގެން ހިންގި ފުލުހުން އޮޕަރޭޝަނެއް
ޕޮލިސް
ކުށުގެ މާހައުލުގައި ބިދޭސީން
ކުށުގެ މާހައުލުގައި ބިދޭސީންގެ ބައިވެރިވުން ބޮޑު: ފުލުހުން
ކުށުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީން ބައިވެރިވޭ

ކުށުގެ މާހައުލުގައި ކޮންމެވެސް އެއް ސްޓޭޖެއްގައި ބިދޭސީންގެ ބައިވެރިވުން ވާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވެއްޖެއެވެ.

ޝުއައިބު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކުށް ކުރުމުގެ އެކި މަރުހަލާތައް ވާއިރު މިއިން ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުން ވާ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ވައްކަމަށް ބަލާނަމަ ވައްކަން ކުރުމާ ހިސާބުން ނުވަތަ އެތަކެތި ރައްކާކުރުމާ ހިސާބުން ނުވަތަ އޭގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާއި ހިސާބުން ކޮންމެވެސް ވަރަކަށް އެމީހުންގެ ބައިވެރިވުން އޮންނަކަން ފާހަގަވާކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަށް ބަލާނަމަވެސް ކޮންމެެވެސް އެއް ހިސާބަކުން ބިދޭސީން މިކަމުގައި ބައިވެރިވާކަން ފާހަގަވެފައިވާކަމަށް ޝުއައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮލަރު ވިއްކުމާއި މީހުންނަށް އޮޅުވާލައިގެން ޑޮލަރުގެ މުއަމަލާތްތައް ހިންގުން ފަދަ މައްސަލަތައް އަދިވެސް ފެންމަތިވަމުންދާކަމަށް ޝުއައިބު ވިދާޅުވިއެވެ. އެހެންނަމަވެސް މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި، އަދިވެސް އިތުރަށް ސަމާލުކަން ދެވޭނެ ކަންކަން އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް