ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 18:26
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
ޕީޕީއެމް
އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުން
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މުޒާހަރާއެއް ބާއްވައިފި
މުޒާހަރާ ފަށާފައިވަނީ ޕީޕީއެމްގެ އޮފީސް ދޮރުމަތިން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މުޒާހަރާއެއް ބާއްވައިފިއެވެ.

މި މުޒާހަރާ ފަށާފައިވަނީ ޕީޕީއެމްގެ އޮފީސް ދޮރުމަތިންނެވެ. މި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްތިއުފާއަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމާއެކު، "ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅުން މުޒާހަރާކޮށްފައިވާއިރު ރައީސް ޔާމީނުގެ ސިޔާސަތުތައް ފަތުރާ ޓީވީ ޗެނަލްތަކުންވެސް ގެންދަނީ "ހަރާމް ހުކުމުގެ" ނަމުގައި، ކަވަރޭޖްތައް ގެނެސްދެމުންނެވެ.

އެކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އާންމު ތަންތަނުގައި ހިންގާ ހަރަކާތްތަކާއި، މީޑިއާތަކުގައި ގެނެސްދޭ މައުލޫމާތާއި ޝާއިޢުކުރާ ލިޔެކިޔުންތައް އެ ޑިޕާޓްމަންޓުން ކުށްވެރިކުރާ ކަމަށެވެ.

އޭގެ އިތުރުން، ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް މީޑިއާތަކުން މައުލޫމާތު ގެނެސްދޭނަމަ، އެ ޑިޕާޓްމަންޓްގެ ފަރާތުން އެފަދަ މައްސަލަތައް، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނާނެކަމަށްވެސް ޑީޖޭއޭއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އެއްވެސް ފަރާތަކުން ހިންގާ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ދީފައިވާ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވުމުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކުރިއެވެ. އެ ހުކުމް ބަލައިނުގަނަން ނިންމައި، ޔާމީންގެ ވަކީލުން ވަނީ ހައިކޯޓުގައި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް