ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:32
ކަފުޖަހައިގެން ގެންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި
ކަފުޖަހައިގެން ގެންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި
އެމްއެންޑީއެފް
ކަނޑުދަތުރުކުރާއިރު ސަމާލުކަން ދިނުން
ކުރިއާ އަޅާބަލާއިރު ކަނޑުދަތުރުކުރާއިރު ސަލާމަތީ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރު: ފުލުހުން
އުޅަނދެއް ފުރުމުގެ ކުރިން އުޅަނދުގައި ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ އަންނަނީ ބަލަމުން

ކުރިއާ އަޅާބަލާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ސަމާލުކަންދޭ މިންވަރު މިހާރު އިތުރުކަމަށް ފާހަގަކުރެވޭކަމަށް ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހެޑް އޮފް މެރިން ޕޮލިސް އިބްރާހީމް އަދުނާން އަނީސް ވިދާޅުވެއްޖެއެވެ.

ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ މިއީ ކުއްލިކުއްލި އަށް މޫސުމަށް ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަމަށާއި އެހެންކަމުން މޫސުމީ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިންމުކަމަށެވެ. މެޓް އޮފީހުން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު އެކަންކަމަށް ބަލައިގެން ދަތުރަށް ކަނޑުމައްޗަށް އެރުން މުހިންމުކަމަށް އަދުނާން ވިދާޅުވިއެވެ.

Advertisement

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު ދަތުރުފަތުރުކުރާއިރު އުޅަނދުތައް ޗެކުކުރުމުގެ ކަންކަން ކުރިޔަށްވުރެ ބޮޑަށް ހިންގާކަމަށް ވިދާޅުވިއެވެ. އުޅަނދެއް ފުރުމުގެ ކުރިންވެސް ސަލާމަތީ ކަންކަން ހުރީ ހަމައަށްތޯ އާއި އުޅަނދުގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލާކަމަށް ވިދާޅުވިއެވެ. އަދި އުޅަނދަށް އަރުވަން ހުއްދަ މިންވަރަށްވުރެ އިތުރަށް ފަސިންޖަރުން އަރުވާފައި ތިބިތޯ ބަލާކަމަށް އަދުނާން ވިދާޅުވިއެވެ. ކުރީގެ މިފަދަ ކަންކަން ބޮޑަށް ފާހަގަވިނަމަވެސް މިހާރު މިގޮތަށް ފާހަގަވާ މިންވަރު މަދުކަމަށް އަދުނާން ވިދާޅުވިއެވެ.

ކަނޑުމަތީގެ ހާދިސާތަކުގެ ތަފާސްހިސާބަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް، މުޅި ރާއްޖޭގައި ކަނޑުމަތީގައި 2028 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ބުނީ 2020 ވަނަ އަހަރު 724 ހާދިސާ، 2021 ވަނަ އަހަރު 689 ހާދިސާ އަދި މި އަހަރު 615 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ހާދިސާތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް