ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 18:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް އޮފީސް
ރިޔާސީ އިންތިހާބުގައި ވާދަކުރުން
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމީ އަޅުގަނޑާއި ވާދަކުރަނީ ކާކުތޯ ބަލައިގެން ނޫން - ރައީސް
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން، ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވެގެންދާނެ
ޓިކެޓް އިރާދަކުރެއްވިއްޔާ ލިބުމާއެކީގައި އަޅުގަނޑު މަސައްކަތް ފަށާނީ އިންތިހާބު ކާމިޔާބުކުރުމަށް
އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަކީ ކާކުތޯ ބަލައިގެން ނޫން ކުރިއަށްދާނީ

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމީ އެމަނިކުފާނާއި ވާދަކުރައްވަނީ ކާކުތޯ ބައްލަވައިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޞާލިހު ވިދާޅުދީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވީ އެމަނިކުފާނާއި ވާދަކުރައްވަނީ ކާކުތޯ ބައްލަވައިގެން ނޫން ކަމަށާއި، ކޮންމެ މީހަކު ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވާދަކުރައްވަން ނިންމެވީ ވަކި ބޭފުޅަކަށް ވެގެން ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން، ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށާއި، އެހެންވީމަ އެއީ ވަކި ބޭފުޅެއްތޯ، ވަކި ޕާޓީއެއްގެ ބޭފުޅެއްތޯ ބަލައިގެން ކުރިއަށް ވަޑައިގަންނަވަން ނުނިންމަވާ ކަމަށެވެ.

އަޅުގަނޑަށް ޓިކެޓް އިރާދަކުރެއްވިއްޔާ ލިބުމާއެކީގައި އަޅުގަނޑު މަސައްކަތް ފަށާނީ އިންތިހާބު ކާމިޔާބުކުރުމަށް. އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަކީ ކާކުތޯ ބަލައިގެން ނޫން ކުރިއަށްދާނީ. ކޮންމެ މީހަކީ ވާދަވެރި ކެންޑިޑޭޓެއް ކަމަށް ދެކިގެން.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، އަންނަ މަހު އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށް އެމަނިކުފާނު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނި އަންނަ މަހުގެ 28ގައެވެ.

ކޯލިޝަން ސަރުކާރަކާއެކު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، 4 އަހަރު ދުވަހު ކޯލިޝަން ސަރުކާރު ދެމެހެއްޓި ފުރަތަމަ ސަރުކާރުގެ ގޮތުގައި، ރައީސް ޞާލިހުގެ ސަރުކާރު ވެގެން ގޮސްފައިވާއިރު، އެމަނިކުފާނު ދިވެހި ރައްޔިތުންނަށްޓަކައި ގެންނަވާ ތަރައްގީގެ ފޮނިމީރުކަން އޭގެ ފުރިހަމަ ގޮތުގައި ގެނެސްދެއްވުމަށް އިތުރު ދައުރެއް ފުރިހަމަ ކުރައްވަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް