ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 13:33
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ޕޮލިސް
މީހަކު ހޯދަން އިއުލާން ކުރުން
މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
ހޯދަމުން ދަނީ ގދ. ތިނަދޫ / ވެސްޓްޕްލޯއިރު، އަޙްމަދު ސަލީމް

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހޯދަމުން ދަނީ ގދ. ތިނަދޫ / ވެސްޓްޕްލޯއިރު، އަޙްމަދު ސަލީމް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އަޙްމަދު ސަލީމް ހާޒިރުވާން އަންގާފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް