Advertisement
ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 12:42
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ
ޕީޕީއެމް
އިދިކޮޅު މުޒާހަރާ
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލައިފި
"ޙަރާމް ޙުކުމް" ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި
ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލައިފިއެވެ.

އާރަށު ހިޔާނާތުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އަންގާރަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން 21 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް އޭގެ ތެރެއިން 2 މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ. މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ސެނެޓަރަކާއި ސްޓިއަރިން ކޮމިޓީގެ މެންބަރެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

Advertisement

އިދިކޮޅުން ވަނީ "ޙަރާމް ޙުކުމް" ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ޔާމީނަށް ޙުކުމް ކުރި ދުވަހުވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައީސް ޔާމީނުގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެ އަޑުގަދަކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް އެ ސަރަޙައްދުގައި އޭރު ފޯރިމަރާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް