ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 07:23
މަގޫދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުން
މަގޫދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުން
ހެލްތު މިނިސްޓްރީ
މަގޫދޫ ސިއްޙީ މަރުކަޒު
މަގޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މިއީ 3.8 މިލިއަން ރުފިޔާ މަޝްރޫއެއް
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާ

ފ. މަގޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާއެވެ. އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 3،881.472.76 (ތިން މިލިޔަން އައްލައްކަ އައްޑިހަ އެއްހާސް ހަތަރު ސަތޭކަ ހަތްދިހަ ދެ ރުފިޔާ ހަތްދިހަ ހަ ލާރި) އަށެވެ.

މަގޫދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމަން ހެލްތު މިނިސްޓްރީން އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސް އަށް ދީފައިވަނީ 145 ދުވަހުގެ މުއްދަތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް