Advertisement
ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 14:59
މީރާ
މީރާ
ޔޫސުފް ސޮފްވާން ރަޝީދު
މީރާގެ ޚިދުމަތްތައް
2023 ވަނަ އަހަރުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ މީރާއިން ބަލައިނުގަންނާނެ
އައު ސިޔާސަތު ބުނާގޮތުން 2023 އިން ފެށިގެން އަހަރީ ފީ ބަލައިގަންނާނީ ކައުންސިލްތަކުން
އެ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެކުލަވާލާފައިވާ ސިސްޓަމް މެދުވެރިކޮށް

2023 ވަނަ އަހަރުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ މީރާއިން ބަލައިނުގަންނާނެކަން އެއޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ އިއުލާނެއްގައި ވާގޮތުން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެކުލަވާލާފައިވާ ސިސްޓަމް މެދުވެރިކޮށެވެ. އެ އިއުލާންގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަލައިގަންނަނާނީ އެ ސިސްޓަމް މެދުވެރިކޮށް، އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

Advertisement

އެ ބަދަލައި ގުޅިގެން ކުރިއަށް އޮތްތަނުގައި މީރާއިން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ ފައިސާ އަދި ޕާކިން އާއި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ ބަލައިގަތުން ހުއްޓާލާނެއެވެެ. މީގެ ކުރިން އޮންލައިން ޕްލެޓްފޯމް ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް އެ ފީތައް ދައްކާލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް