ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 13:45
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ރާއްޖެއެމްވީ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތުގެ އޭސީ އަށް ދިމާވި މައްސަލަ ހައްލުކޮށްފި
ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހު
އޭސީ މައްސަލަ ދިމާވުމުން އެތައް ބައެއްގެ ފާޑުކިޔުމާއި ވަނީ ކުރިމަތިލާން ޖެހިފައި

ކިންގް ސަލްމާން މިސްކިތުގެ އެއަރ ކޮންޑިޝަންތަކަށް ދިމާވި މައްސަލަ ޙައްލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މިސްކިތް ކަމުގައިވާ ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައިވާތާ ގިނަ ދުވަސްވުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުމާއި ޝަކުވާތައް ކަމާއި ބެހޭ ފަރާތްތަކަށް ވަނީ އަމާޒުވެފައެވެ. އެ މިސްކިތުގެ އޭސީތަކަށް މައްސަލަ ދިމާވުމާއި ގުޅިގެން މީގެ ކުރިންވެސް އެކަން ރަނގަޅުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތަފާތު އެކިފަހަރުމަތިން މަސައްކަތްކޮށްފައި ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ހޯދާ ބެލުމަށް ފަހު އެކަން ޙައްލުކުރުމަށްޓަކައި ތުރުކީވިލާތުގެ ޓެކްނީޝަން ޓީމެއްވެސް މީގެ ކުރިން ރާއްޖެ ވަނީ ގެނެސްފައެވެ.

މިހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު، އިސްލާމިކް މިނިސްޓްރީން ވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަަލަށް މިސްކިތުގެ އެސީތައް ރަނގަޅުކުރާނެކަމަށް ބުނެފައެވެ. އެގޮތުން އެ މަސައްކަތް ބަޔަކާއި ހަވާލުކޮށް، މިހާރު ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމަވި މައްސަލަ ރަނގަޅުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީ އިން ބުނީ އެ މަސައްކަތް ލަސްވީ، އޭސީގެ މަރާމާތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެންނަންޖެހުމުގެ ސަބަބުންކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް