ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 19:31
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދު
ރާއްޖެއެމްވީ
މާމެންދޫ އައު އިންޖީނުގެ
މާމެންދޫ އިންޖީނުގެ އެކުލަވާލީ 50 އަހަރު ދުވަހުގެ ލަފަޔާއި އެކު: ސައީދު
މާމެންދޫގައި ކުރިން ހުރީ 1000 ކިލޯވޮޓުގެ ޖެންސެޓް ކެޕޭސިޓީ
އައު އިމާރާތުގައި 1400 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ބަހައްޓާފައިވޭ

މާމެންދޫ އިންޖީނުގެ އެކުލަވާލީ 50 އަހަރު ދުވަހުގެ ލަފަޔާއި އެކު ކަމަށާއި އެއީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު އެފަދައިން ވިދާޅުވީ ގއ.މާމެންދޫގައި ސަރުކާރުން އިމާރާތްކުރި އައު އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވާ ޚިދުމަތް ދޭން ފެށުމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވަނީ އެއީ ވަރަށް ދުވަސްވަންދެން މާމެންދޫ ރައްޔިތުން ކުރަމުން އައި އުންމީދެއް ކަަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މާމެންދޫގެ ޒަމާނީ ވަސީލަތްތަކާއެކު އިންޖީނުގެއާއި ނެޓްވޯކް ޤާއިމްވެގެންދިޔައީ ހެޔޮ ވެރިކަމެއް އޮތުމުން ކަމަށެވެ. އަދި މިހިތްހަމަޖެހުން ގައުމަށްޓަކާ ރައީސަކަށް އިޚްތިޔާރުކުރެވުނީތީ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ އެ އިންޖީނުގެއާއި ނެޓްވޯކާއެކު ރަށުގެ އުމްރާނީ ތަރައްޤީއަށް ކިތަންމެ ބޮޑު ޕްރޮޖެކްޓެއް ހިންގިޔަސް ދަތި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މާމެންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެއަކީ ޖާގައިގެގޮތުން ބޮޑު ތަނެކެވެ. މާމެންދޫގައި ކުރިން ހުރީ 1000 ކިލޯވޮޓުގެ ޖެންސެޓް ކެޕޭސިޓީއެވެ. ނަމަވެސް އައު އިމާރާތުގައި 1400 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ބަހައްޓާފައިވެއެވެ. މީގެ އިތުރުން އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯވޮޓުގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށް ކަމަށާއި 800 ކިލޯވޮޓުގެ 1 ޖެންސެޓް ބެހެއްޓޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް