ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 13:04
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ވަނީ ހޯދާފައި
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ވަނީ ހޯދާފައި
ޕޮލިސް
ޑްރަގް އޮޕަރޭޝަން
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަން: 6.8 ކިލޯގެ ޑްރަގާއި މިލިއަނެއްހާ ރުފިޔާ
10 ތަނެއް ބަލައި ފާސްކޮށް، 17 މީހަކު ހައްޔަރުކޮށްފައިވޭ
މި އޮޕަރޭޝަން ހިންގާފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިއީ ކައުންޓަރ-ނާކޮޓިކްސް އޮޕަރޭޝަނެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ، މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 17 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާއިރު، މިލިއަނަކާ ގާތްކުރާ އަދަކަށް ފައިސާ ވަނީ ހޯދާފައެވެ. އެގޮތުން ސީޕީ ވިދާޅުވާގޮތުގައި 933،430 (ނުވަލައްކަ ތެއްތިރީސްހާސް، ހަތަރުސަތޭކަ ތިރީސް) ރުފިޔާ ހޯދާފައިވެއެވެ.

މިއީ ކުށްކުރާ ގްރޫޕަކުން މަސްތުވާތަކެތި ޓްރެފިކްކޮށް އެތަކެތި ޕެޑްލް ކުރުމަށް ކުރި މަސައްކަތް ހުއްޓުވާލުމަށް ހިންގުނު އޮޕަރޭޝަނެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް