ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 18:04
ެރައީސް ޞާލިހް ދާންދޫ އަށް ވަޑައިގަތުން
ެރައީސް ޞާލިހް ދާންދޫ އަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސް ދާންދޫއަށް
ރައީސުލްޖުމްހޫރިއްޔާ ގއ. ދާންދޫ އަށް ވަޑައިގަންނަވައިފި
އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ޓީމަށް އެރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައިވޭ
ދާންދޫ އަށް އަލަށް އިތުރު ކުރެވުނު ބިން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގއ. ދާންދޫއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާފައިވަނީ، ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ރައީސް ޞާލިހް ދާންދޫ އަށް ވަޑައިގަތުމުން އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ޓީމަށް އެރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ކުދިބޮޑު ގިނަ ރައްޔިތުން ބަނދަރުމައްޗަށް ނުކުމެފައިވެއެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ގއ. ދާންދުއަށް އަލަށް އިތުރު ކުރެވުނު ބިން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިމިފައިވުމުން، ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް