Advertisement
ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 14:40
ރައީސް ހުވަދުއަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސް ހުވަދުއަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ފުރާވަޑައިގެންފި
މިއީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް
ގއ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

Advertisement

ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިމިފައިވުމުން، ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް