Advertisement
ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 19:47
ރައީސް ނަޝީދަށް ތާއިދު ހޯދުމަށް ކެމްޕޭން ޓީމުން ތާއިދު ފޯމް ފުރަނީ
ރައީސް ނަޝީދަށް ތާއިދު ހޯދުމަށް ކެމްޕޭން ޓީމުން ތާއިދު ފޯމް ފުރަނީ
އެމްޑީޕީ
ރިޔާސީ ޕްރައިމަރީ
ލޮރީ ބުރާއި ތާއީދް ފޯމް ފުރުމުގެ ހަރަކާތާއެކު ނަޝީދުގެ ކެމްޕޭން މާލޭގައި ފަށައިފި
ޕްރައިމަރީގައި ވާދަކުރަން ނިންމެވިކަން ރައީސް ނަޝީދު ވަނީ އާދިއްތަ ދުވަހު ހާމަކުރައްވާފައި

ލޮރީ ބުރާއި ތާއީދް ފޯމް ފުރުމުގެ ހަރަކާތާއެކު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މާލޭގައި ފަށައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ރައީސް ނަޝީދު ފައްޓަވާފައިވަނީ ގދ. ތިނަދޫގައެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ފުރުސަތު ހުޅުވާލީ އާދިއްތަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރަން ނިންމެވިކަން ރައީސް ނަޝީދު ހާމަކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ހުރިހާ މެމްބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވަނީ ބަރުލަމާނީ އަށް ތާއިދުކުރައްވާ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނެވެ. ލޮރީ ބުރާއި ތާއިދު ހޯދުމުގެ ފޯމްގައި ސޮއިކުރުމުގެ ހަރަކާތުގައި މެންބަރު އީވާ އަބްދުﷲ، މެންބަރު ހަސަން ލަތީފް އަދި މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ބައިވެރިވެވަޑައިގެންފައިވެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement

އެ ޕާޓީން އާދީއްތަ ދުވަހު ކުރި އިއުލާނުގައި ބުނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެެވެ. އެހެންކަމުން އެ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުންނަށް އެެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވާދަ ކުރަން ބޭނުންވާނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް