ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 21:00
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
އަޒްމީން / ޓްވިޓަރ
އެމްޑީޕީގެ ދަފްތަރު
ޕާޓީގެ ދަފްތަރު އޮތީ ސައްހަކުރެވިފައި، ރައީސް ނަޝީދު ސުވާލު އުފެއްދެވީތީ ހިތާމަކުރަން: އެމްޑީޕީ
މެމްބަރޝިޕްގެ ކަންކަން ބެލެހެއްޓުމަކީ ޕާޓީން ޚާއްސަ އިސްކަމެއް ދޭ ކަމެއް
ދަފްތަރު ސައްހަކޮށް މިއަދާ ހަމައަށްވެސް ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި

ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ޕާޓީގެ މެމްބަރުންގެ ދަފްތަރު ސައްހަކޮށް ބަލަހައްޓަމުންދާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރު ގަޑުބަޑުކޮށްފައިވާކަަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެޕާޓީން ބުނީ މެމްބަރުންގެ ދަފްތަރު ސައްހަ ކަމާއެކު ބަލަހައްޓަމުން ދަނިކޮށް ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ހިތާމަކުރާ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންނަމަވެސް، ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށާއި، އެހެންކަމުން ޕާޓީގެ ދަފްތަރު ސައްހަކުރަން ގައުމީ މަޖިލީހުން ނިންމިކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ދަފްތަރު ސައްހަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިއަދާ ހަމައަށް ވެސް އެ މެމްބަރުން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އެ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް