ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 07:08
އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފުލުހުން
އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފުލުހުން
ޕޮލިސް
އައިޕީއެސް ޕްރޮބޭޝަނާސް ކޯސް
އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފުލުހުން އިންޑިއާއަށް ފުރައިފި
މިއީ 10 މަސް ދުވަހަށް ކުރިއަށްދާ ކޯހެއް
ކޯހުގެ ބައިވެރިންނަށް ފީލްޑް ޓްރެއިނިން ދޭނެ

އިންޑިއާގެ ހައިދަރުއާބާދުގައި 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އިންޑިއާއަށް ފުރައިފިއެވެ.

މި ކޯހަށް ފުރި ޓީމުގައި ހިމެނެނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލްއެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާއިރު މައިގަނޑު ގޮތެއްގައި ކޯސް ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

އެގޮތުން ފިޒިކަލް ޓްރެއިނިން އާއި ވެޕަން ޓްރެއިނިންގެ އިތުރުންވެސް މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެއެވެ.

އޭގެ އިތުރުން، ގާނޫނުގެ ބައިތަކާއި ތަހުގީގުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް