ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 23:08
ރާއްޖޭގެ ފުރަތަމަ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް ގެ ބައިވެރިން
ރާއްޖޭގެ ފުރަތަމަ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް ގެ ބައިވެރިން
އެމްޕީއެލް
އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް
ރާއްޖޭގެ ފުރަތަމަ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް ބާއްވައިފި
ރިސްކް މެނޭޖްމެންޓަކީ ނުހަނު މުހިންމުކަމެއްކަން އެމްޕީއެލްގެ ސީއީއޯ ފާހަގަކުރެއްވި
ފޯރަމްގެ މަގްސަދަކީ ރިސްކް މެނޭޖްމެންޓުގެ މުހިންމު ކަމަށް ކަމާއި ބެހޭ ފަރާތްތައް އަހުލުވެރިކުރުން

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ ފުރަތަމަ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ފޯރަމް އަކީ ރިސްކް މެނޭޖްމަންޓާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ރިސްކް މެނޭޖްމަންޓުގެ މުހިންމު ކަން، ކަމާއި ބެހޭ ފަރާތްތަކަށް އަންގާދިނުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމްގައި ވާހަކަދައްކަވަމުން އެމްޕީއެލް ގެ ސީއީއޯ ޝާހިދު ވެސް ވަނީ ރިސްކް މެނޭޖްމަންޓަކީ ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ފޯރަމްއެއްގެ އަލީގައި އެ ދާއިރާއިން ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ ކަން ފާހަގަކުރައްވާ އޭނާ ވަނީ މިއީ ފެށުމެއްގެ ގޮތުގައި ބަލައިގަތުމަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުމުންތައް ބޭއްވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފޯރަމްގައި ފެނަލްސިޓުންގެގޮތުގައި އެމްޕީއެލްގެ އިސް ފަރާތްތަކުގެ އިތުރުން އެ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް