ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 09:28
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
އަޒްމީން / ޓްވިޓަރ
ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި، ވޯޓުލުން ޖެނުއަރީ 28ގައި
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00
އިންތިޚާބު އޮންނާނީ ޖެނުއަރީ 28ގައި
ވާދަ ކުރަން ބޭނުންވާނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން އާދީއްތަ ދުވަހު ކުރި އިއުލާނުގައި ބުނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެެވެ. އެހެންކަމުން އެ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުންނަށް އެެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވާދަ ކުރަން ބޭނުންވާނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ.

އެމްޑީޕީއިން އިއުލާންކޮށްފައިވާ ޓައިމްލައިނުގައި ދައްކާ ގޮތުން 24 ޑިސެމްބަރުގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު 26 ޑިސެމްބަރުގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރާނެއެވެ. އަދި 28 ޑިސެމްބަރު ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓު އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިރު 31 ޑިސެމްބަރުގެ ހަވީރު 4:00 އާ ހަމަައަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމާވާނެއެވެ.

ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓު މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 28 ޖެނުއަރީގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް