ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 07:10
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
ރައީސް އޮފީސް
ގޮނޑުދޮށް ހިމާޔަތްކުރުން
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނާއިބު ރައީސް ބައްލަވާލައްވައިފި
މިއީ 300 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނާއިބު ރައީސް މި މަސައްކަތް ބައްލަވައިލެއްވީ އެމަނިކުފާނު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނާއިބު ރައީސް ވަނީ މި މަސައްކަތުގެ ޕްރޮޖެކްޓު ސައިޓަށް ވަޑައިގެން މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

300 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އެރަށުގައި 2،650 މީޓަރުގެ ސީވޯލް ގާއިމްކުރާނެއެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަނީ ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވައި، އެ ސިޓީގެ އެކި އިދާރާތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އަދި އެ ސިޓީގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ހުޅުމީދޫ ސިއްހީ މަރުކަޒުގައި ބައެއް ޚިދުމަތްތައް އަލަށް ފައްޓަވައިދެއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް