ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 16:13
ޕާކިސްތާނުގެ އައު ސަފީރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރެއްވުން
ޕާކިސްތާނުގެ އައު ސަފީރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރެއްވުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިސްލާމިކް މިނިސްޓްރީ
ޕާކިސްތާނުގެ އައު ސަފީރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި
މިނިސްޓްރީގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތުދެއްވި
ޕާކިސްތާނުގެ ދީނީ އިލްމުވެރިން ދިނީ ދަރުސް ދިނުމަށް ރާއްޖެއަށް ގެނައުމާބެހޭގޮތުން މަޝްވަރާކުރެއްވި
އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒް ގިލާނީ, މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީއާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގައި ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، އިސްލާމިކް މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް، މުހައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން، ސްކޫލް އުމުރުފުރާގެ ކުދިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި; ސްކޫލް ދައުރުގައި އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދީ ކިޔައިދެވިއްޖެނަމަ އެކުދިން ބޮޑެތިވެގެން ގޯސް މަގަކުން ނުދާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދެވޭއިރު ޕާކިސްތާނުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައި، އެފަދަ ދާއިރާތަކުން ވެދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ދީނީ އިލްމުވެރިން ދިނީ ދަރުސް ދިނުމަށް ރާއްޖެއަށް ގެނައުމާބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ދާއިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް