ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 17:07
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ވޭހޯސްޓާ ދިމާލަށް މެސީ "މޮޔައެކޭ" ބުނި ސަބަބު ކިޔައިދީފި!
މެސީ އިންޓަވިއުއަށް ދިޔައީވެސް ބޮޑު ޒުވާބަކަށްފަހު

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗެކެވެ. މެޗުގެ ފަހު ވަގުތާއި ހަމައަށްވެސް ވާނޭ ގޮތެއް ނޭނގިފައި ބެލުންތެރިން ތިބެން ޖެހުނީ ހިތް އަތަށް ލައިގެންނެވެ. ފޯރި ގަދަ މި މެޗުގައި 17 ރީނދޫ ކާޑު ދެއްކިއެވެ. ކުޅުންތެރިންނާ ދެޓީމުގެ މެދުގައި އެތަކެއް ޒުވާބެއް ކުރިއެވެ. މެޗު ނިމުމަށްފަހުވެސްމެއެވެ. މި ހުރިހާ ކަމަކާއެކު މިއީ މިފަހަރުގެ މުބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ ކުއާޓާ ފައިނަލް ކަމަށް ބުނެވިދާނެއެވެ.

މި މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މެޗަށްފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އިންޓަވިއުދިން ގަޑީގައި ކަންތައް ހިނގާދިޔަ ގޮތަށެވެ. ޓީވައިސީ ސްޕޯޓްސްއަށް ދިން އިންޓަވިއުގެ ތެރެއިން މެސީ ވަނީ ނެދަލެންޑްސްގެ ވައުޓް ވޭހޯސްޓަށް "މޮޔައަކަށް" ގޮވާފައެވެ.

ކޮން އެއްޗަކަށް ތި ބަލަނީ؟ މޮޔަ މީހާ. ދާން އުޅޭ. މިތަނުން ދުރަށް ދޭ!
ލިއޮނެލް މެސީ

މެސީގެ މި ބަސްތަކާއެކު އޭނާ އިންޓަވިއުކުރަން ހުރީ ނޫސްވެރިޔާ ގަސްޓޯ އެޑުލް ވަނީ އޭނާ ހަމަޖެއްސުމަށް މަސައްކަތް ކޮށްފައެވެ. އޭނާ ބުނީ އެވަގުތު މެސީ ކައިރީގައި ހަމަޖެހުމަށް ބުނީ ފީފާއިން މެސީ އާއި ދޭތެރޭގައި އަޅާފާނެ ފިޔަވަޅަކާއި މެދު ވިސްނާފައި ކަމަށެވެ.

އޭނާ ވަނީ އެވަގުތު ހަގީގަތުގައި އެތަނުގައި ކަން ހިނގާދިޔަގޮތް ކިޔައިދީފައެވެ. ގަސްޓޯ ބުނީ އިންޓަވިއުއަށް މެސީ ދިޔައީ ޓަނެލް ތެރޭގައި ނެދަލެންޑްސްގެ ގިނަ ކުޅުންތެރިންތަކަކާއި ޒުވާބުކޮށްފައި ކަމަށެވެ. އަދި އިންޓަވިއު ކުރިއިރު ހުރީ އޭރަށްވުރެ ރުޅި މަޑުކޮށްކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް އިންޓަވިއު ތެރެއިން މެސީ ވޭހައުސްޓާއި ރުންކުރުކޮށް ވާހަކަދެއްކީ ވޭހައުސްޓް ކަންތައް ކުރި ގޮތުންކަމަށް އޭނާ ބުންޏެވެ. ވޭހައުސްޓް ވަނީ މެސީ އިންޓަވިއު ދިން ވަގުތު ލާނެތް ހިނިތުންވުމަކާއެކު މެސީއަށް ބަލަން އެތަނުގައި މަޑުކޮށްފައެވެ. މެސީ ރުޅިއައީ އެކަމާއެވެ.

- ކޮމެންޓް