ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 18:21
ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްގެ އޮރިއެންޓޭޝަން ޓްރެއިނިންގ ބާއްވައިފި
ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްގެ އޮރިއެންޓޭޝަން ޓްރެއިނިންގ ބާއްވައިފި
އެޗްއާރްސީއެމް
ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލް
ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްގެ އޮރިއެންޓޭޝަން ޓްރެއިނިންގ ބާއްވައިފި
އެ މަސައްކަތް ކުރިއަށް ގެންދަނީ އެޓަރނީޖެނެރަލްގެ އޮފީހާއި އެޗްއާރުސީއެމުން ގުޅިގެން
އެ މަސައްކަތަށް ފަންޑިން ފޯރުކޮށްދީފައި ވަނީ ޑެންމާކް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް ގެ ފަރާތުން

ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްގެ އޮރިއެންޓޭޝަން ޓްރެއިނިންގ ބާއްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ޓްރެއިނިންގގެ މަގްސަދަކީ ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލް އަކީ ކޮބައިކަން ބުނެދިނުމާއެކު، އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ހިއްސާކުރާނެ ގޮތުގެ މަޢުލޫމާތު ދިނުންކަމަށެވެ. އާދިއްތަ ދުވަހު ވިލާ ކޮލެޖް (ކިއު އައި ކެމްޕަސް)ގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަން ގައި ދައުލަގެ 34 މުއައްސަސާއަކުން ޖުމުލަ 38 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިންގ ކުރިއަށްދިޔައީ ދެ ސެޝަނަކަށް ބަހައިލައިގެންނެވެ. އެއީ ފުރަތަމަ ސެޝަން 8:00 – 10:00 އަށް އަދި ދެވަނަ ސެޝަން 9:45 – 11:45 އަށެވެ. ޓްރެއިނިން އޯގަނައިޒްކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރީސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓުންނެވެ.

މިހިންގުނު ޓްރެއިނިންގެ ސަބަބުން ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލް އަކީ ކޮބައިކަން ބުނެދިނުމާއެކު، އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ހިއްސާކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، ޕޯޓަލްއާގުޅުންހުރި އެންމެހައި ކަންކަން ސާފުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ. އަދި ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެކި މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް ވެސް ޓްރެއިނިން އިން ބާރު ލިބޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ޕޯޓަލް އަކީ، އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީތަކުންނާ އަދި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދަށުން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދައުލަތުން ތަންފީޛުކުރާ މިންވަރު ދެނެގަތުމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން 'މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް'ގެ ނަމުގައި ޤާއިމުކުރެވޭ ވެބް ޕޯޓަލްއެކެވެ.

އެޓަރނީޖެނެރަލްގެ އޮފީހާއި އެޗްއާރުސީއެމުން ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަށް ފަންޑިން ފޯރުކޮށްދީފައި ވަނީ ޑެންމާކް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް ގެ ފަރާތުންނެވެ.

ކަމާބޭ އިދާރާތަކުން މަޢުލޫމާތު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ބަލާއިރު މަޢުލޫމާތު ފޮނުވުމުގައި ލަސްތަކެއް މެދުވެރިވުމާއި، އެންމެ ފުރިހަމަ މަޢުލޫމާތު ހިމަނާފައި ނެތުން އަދި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ސަމާލުކަމެއްދީ މުހިއްމު ކަމެއްކަމުގައި ނުދެކުން ހިމެނެއެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް ޤާއިމުކުރުމުން ވެގެންދާނެ ފަސޭހަތަކަށް ބަލާ އިރު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އ.ދ ހުށަހެޅުންތައް ތަންފީޛުކުރުމަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އެކުލަވާލުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުވެގެންދާނެއެވެ. މިގޮތުން އެޓާރނީ ޖެނެރަލް އޮފީހުން ޤާއިމުކުރާ "ނެޝަނަލް މެކޭނިޒަމް ފޮރ ރިޕޯޓިންގ އެންޑް ފޮލޯއަޕް (އެން.އެމް.އާރް.އެފް)" ގެ ދަށުން މަޢުލޫމަތު ހިއްސާކުރެވޭނެ ނިޒާމެއް މި ޕޯޓަލްގެ ސަބަބުން ޤާއިމްވެގެން ދާނެއެވެ. މީގެ އިތުރުން މުއައްސަސާތަކުން މަޢުލޫމާތު ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެ، އދ ގެ ހުށަހެޅުންތަކާއި، ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގެ އެކްޝަންތައް އަދި ހިއުމަން ރައިޓސް ކޮމިޝަނުން ދައުލަތަށް ހުށަހަޅާ ހުށަހެޅުންތައް މޮނިޓަރ ކުރަން ފަސޭހަ ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް