ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 02:20
މުމްބާއީ ގެ މަގެއް
މުމްބާއީ ގެ މަގެއް
ވަޔަން
މުމްބާއީގެ ވައި ނުސާފު ވުން
މުމްބާއީގެ ވައި، ދިއްލީގެ ވަޔަށް ވުރެ ގޯސް ވެއްޖެ
 
ބުރާސްފަތި ދުވަހު މުމްބާއީގެ އެއަރ ކޮލިޓީ އިންޑެކްސް 316 އަށް އަރާފައިވޭ

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލް ގެ ގޮތުގައި ބަލާ މުމްބާއީގެ ޖައްވު އާދަޔާ ޚިލާފަށް ނުސާފުވެ، ކުރިން މިމައްސަލަ އެންމެ ބޮޑު ދިއްލީގެ ވަޔަށް ވުރެ މާގޯސްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ބުރާސްފަތި ދުވަހު މުމްބާއީގެ އެއަރ ކޮލިޓީ އިންޑެކްސް 316 އަށް އަރާފައިވާއިރު ދިއްލީގެ ވައިގެ ކޮލިޓީ ހުރީ 263 ގައެވެ. މިއީ ވެސް "ދަށް" ރޭންޖަކަށް ވާއިރު 316 އުޅެނީ ވަރަށް ދަށް" ރޭންޖް ގައެވެ.

ވައިގެ ކޮލިޓީ ރޭންޖު ތަކަށް ބަލާއިރު،

201 ން 300 އަށް އެއީ ދަށް ރޭންޖަށް ވާއިރު،

301 ން 400 އަށް އެއީ ވަރަށް ދަށެވެ.

401 އިން 500 އަށް ސިވިއަރ ކަމަށް ބަލާއިރު، ރަނގަޅު މިންގަޑެއް ކަމަށް ބަލަނީ 0ން 50 އަށެވެ. އަދި 51ން 100 ށް ސެޓިސްފެންޓަރީ ނުވަތަ ފުދޭވަރު ކަމަށް ބަލާއިރު 101ން 200 އަށް އެއީ މޮޑަރޭޓް ނުވަތަ މެދުމިންކަމަށް ބަލާވަރެވެ.

ވައިގެ ކޮލިޓީ ބަލާ މުމްބާއީގެ އިދާރާ ތަކުން ބުނާގޮތުގައި ވައިނުސާފު ވުމުގެ މައްސަލަ މިވަރަށް ކުރިމަތިވީ ފިނި ދުވަސްވަރުގެ ދުންފިނީގެ މައްސަލަ ވެސް އޮއްވާ އާދަޔާ ޚިލާފް ގިނައިން ޖައްވަށް ވިހަގޭސް އަދި ދުން ދޫކުރަން ދިމާވުމުންނެވެ.

މުމްބާއީގެ އިތުރުން އިންޑިޔާގެ އެހެން ބައެއް ސިޓީ ތަކަށް ވެސް މިވަގުތު ވަނީ ވައި ނުސާފު ވުމުގެ މައްސަލަ ކުރިމަތި ވެފައެވެ. މިއާއެކު ޑޮކްޓަރުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ. ޚާއްސަކޮން ނޭވާލުމުގެ ނިޒާމުގެ މައްސަލަ ތައް ހުންނަ ފަރާތްތަކުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ނުނިކުތުމަށް ދަނީ އަންގަމުންނެވެ. އަދި ވައިގެ ކޮލިޓީ ލެވެލް 200 އަށް ވުރެ މަތީގަ ހުރި ސިޓީ ތަކުގަ މައްސަލަ ހައްލު ކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް މައި ސަރުކާރުން ދަނީ އަންގަމުންނެވެ.

ޖައްވު ތަޢައްޔަރުވުން މީ އެންމެ ބޮޑު ސިއްހީ ކާރިސާގެ ގޮތުގައި އަންނަނީ ފާހަގަ ކުރަމުންނެވެ. އދ އިން ބުނާ ގޮތުގައި ޖައްވު ތަޢައްޔަރު ވުމުގެ ސަބަބުން ޖެހޭ ބަލި ތަކުގައި އަހަރަކު ހަތް މިލިއަން މީހުން މަރުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް