ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 06:33
އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީން ފައިނޭންސިންގ އެގްރިމެންޓެއްގައި ސޮއިކުރަނީ
އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީން ފައިނޭންސިންގ އެގްރިމެންޓެއްގައި ސޮއިކުރަނީ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ރީޖަނަލް އެއާޕޯޓްތައް ހެދުމުގެ މަސައްކަތް
ރީޖަނަލް އެއާޕޯޓްތައް ހަދާނެ ފައިސާ ހޯދަން އިތުރު ދެ ކުންފުންޏަކާއެކު ސޮއިކޮށްފި
މިއާއެކު ފައިނޭންސް ހޯދުމަށް ސޮއިކުރި ކުންފުނިތަކުގެ އަދަދު ވަނީ 4ށް އަރާފައި
ސޮއިކޮށްފައިވަނީ ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑާއެކު

ފައިސާގެ ބަދަލުގައި ރިސޯޓު ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އާއި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި ބުދަ ދުވަހު ވަނީ ސޮއިކޮށްފައިކަމަށެވެ. އަދި ބުރާސްފަތި ދުވަހު ވަނީ އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ސަސް ޕްރައިވެޓް ލިމިޑެޓާއެކު ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ. އޭގެއިތުރުން އޮކްޓޯބަރު މަހު ވަނީ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހަދާފައެވެ.

މިއާއެކު ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް ފައިނޭންސް ހޯދުމަށް 4 ކުންފުންޏަކާއެކު ޕްލޭނިންގ މިނިސްޓްރީން މިވަނީ ސޮއިކޮށްފައެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 27 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް