Advertisement
ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 07:06
އޭސީސީ އާއި ސިވިލް ސަރވިސް ކޮމިޝަނުން ކޮރަޕްޝަން ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
އޭސީސީ އާއި ސިވިލް ސަރވިސް ކޮމިޝަނުން ކޮރަޕްޝަން ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
އޭސީސީ
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުން
ކޮރަޕްޝަނާ ދެކޮޅަށް އޭސީސީ އާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން މަސައްކަތްކުރަނީ
މި ދެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެ
މުވައްޒަފުން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެ

ސިވިލް ސަރވިސްގެ ނަޒާހަތްތެރިކަން އިތުރުކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުމުނާމާގައި ސީއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އެވެ.

މި ފަހުމުނާމާގެ ދަށުން، މި ދެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިނގިޔަނުދިނުމާއި ނަޒާހަތްތެރިކަން އިތުރުކޮށް، ހަރުދަނާކުރެވޭނެ ގޮތަކަށް ނިޒާމުތަކާއި އުޞޫލުތައް އިޞްލާޙުކުރުމާއި، އެކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެއެވެ.

Advertisement

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ދެ ކޮމިޝަނުގެ ރައީސުންވެސްވަނީ މީގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް