Advertisement
ކ. މާލެ
|
26 ޖޫން 2017 | ހޯމަ 15:20
މއ. ޑުވެލިންގް ގޭގައި އަލިފާން ރޯވެފައި
މއ. ޑުވެލިންގް ގޭގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
މއ. ޑުވެލިންގް ގޭގައި ރޯވި އަލިފާން ނިއްވާލައިފި
ޑުވެލިންގް ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި

މއ. ޑުވެލިންގް ގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

 

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މއ. ޑުވެލިންގް ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އެނދެއްގައި އަޅާފައި އޮތް ގޮދަޑިއެއްގައެވެ.

 

މިހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

 

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި އެ ވަގުތުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހަރަކާތްތެރިވާން ފެށިކަމަށްވެސް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

 

މިގޮތުން ފަޔަރ ފައިޓަރުން އެގެއަށް ގޮސް ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެއްކޮށް ވަނީ ނިއްވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް