ކ. މާލެ
|
26 ޖޫން 2017 | ހޯމަ 14:35
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން
ޓްވިޓަރ
ކުޑަހުވަދޫ އެއަރޕޯޓް
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް އޮވޭ
ކުޑަހުވަދޫ އެއައޕޯޓަށް ދުވާލަކު އެއް ފްލައިޓް ބާއްވާ
އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 888 ރުފިޔާއިން

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިއޯލޯ ކުންފުނިން ކުޑަހުވަހޫގައި ތަރައްގީކުރި އެއާޕޯޓަށް ޖޫން 28 ވާ ބުދަ ދުވަހުން ފެށިގެން ޝެޑިއުލް ފްލައިޓްތައް ބާއްވަން ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ހާމަކޮށްފިއެވެ.

 

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އައިލެންޑް އެވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޖޫން 28 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެއް ފްލައިޓް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

 

އެގޮތުން އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 888ރ. އިން ކަމަށާއި އެކި ފެއަރތަކުގައި ވިއްކާ ޓިކެޓްތައް ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތައް ޖައްސާފައި ވަނީ މި ޖޫން މަހުގެ 1 ވަނަ ދުވަހުގައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ކުޑަހުވަދޫގައި ހަދާ އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގަ އެވެ. މިއީ 1،800 މީޓަރުގެ ރަންވޭއެއް އޮތް އެއާޕޯޓެކެވެ. 

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފައްޓަވާފައި ވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

 

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސަރުކާރުން މިމަސައްކަތް ޙަވާލުކޮށްފައި ވަނީ ރިއޯލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ކުޑަހުވަދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

 

ކުޑަހުވަދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ ބިމުގެ އިތުރުން، އެރަށުގައި އިތުރު 45 ހެކްޓަރުގެ ބިން ވެސް ވަނީ ހިއްކާފައެވެ.

 

އައިލެންޑް އޭވިއޭޝަނުގެ އަމާޒަކީ ދ. އަތޮޅު ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް އޮޕަރޭޓްކުރުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ޑޭޝް އަށެއް މަރުކާގެ އިތުރު ބޯޓުތައް ގެނައުމަށް އެކުންފުނިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

 

ކުޑަހުވަދޫއަކީ 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ.

- ކޮމެންޓް