Advertisement
ކ. މާލެ
|
6 ޑިސެންބަރ 2022 | އަންގާރަ 07:11
ދިރާގު
ދިރާގު
ދިރާގު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ދިރާގުން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި
މި ހަރަކާތްތައް ބާއްވާފައިވަނީ އއ. އުކުޅަހާއި ކ. ގުރައިދޫގައި

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން އއ. އުކުޅަހާއި ކ. ގުރައިދޫގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، އެ ހަރަކާތްތައް ބޭއްވީ ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާ ގުޅިގެންނެވެ.

އުކުޅަހުގައި ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްއިން ހަރަކާތްތައް ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެރަށުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ރައްޔިތުންނަށާއި ރަށުގެ އިސްވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.

Advertisement

ގުރައިދޫގައި ޑެފް އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސްގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސްގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ވަނީ ހިންގާފައެވެ. އަދި ޚާއްސަ ކޮމިއުނިޓީ ފެސްޓިވަލެއް ވެސް ވަނީ ބާއްވައިފައެވެ.

މި ހަރަކާތްތަކުގެ މަގުސަދަކީ ނުކުޅެދިންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި އެކި ފުރުސަތުތައް ފަހިކޮށްދީ އެކި ހަރަކާތްތަކުގައި އެފަރާތްތައް ޝާމިލުވުމަށް މަގުފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް ދިރާގުގެ ސީއެސްއާރުން އެއްބާރުލުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް