ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 08:02
އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާގައި ސޮއިކުރުން
އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާގައި ސޮއިކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
އޭސީސީން އެޑިއުކޭޝަނާއެކު ސޮއިކުރުން
ގުޅިގެން މަސައްކަތްކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީއާއެކު އޭސީސީން ފަހުމުނާމާއެއްގައި ސޮއިކޮށްފި
މިއީ ތަރުބިއްޔަތާއި ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެންނެވުމަށް، އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް

ގުޅިގެން މަސައްކަތް ކުރުމަށް, އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، ތަރުބިއްޔަތާއި ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެންނެވުމަށް، އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި ފަހުމުނާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، އައިޝަތު އަލީއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލްއެވެ.

އެޑިޔުކޭޝަނުން ބުނީ، މިއީ އޭސީސީއާ މިނިސްޓްރީއާ ދެމެދު އެހީތެރިކަން ބަދަލުކޮށް، ދެ މުއައްސަސާ ގުޅިގެން އެކުގައި މަސައްކަތްކުރުމަށްޓަކައި ސޮއިކުރެވުނު ފަހުމުނާމާއެއްކަމުގައެވެ.

އޭސީސީން އަންނަނީ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮރަޕްޝަނަށް ހޭލުންތެރިކޮށް، ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް