Advertisement
ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 16:22
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން
ރާއްޖެއެމްވީ
ދިރާގު އެޕްރެންޓިސްޝިޕް
މި އަހަރުގެ ނިޔަލަށް ދިރާގު އެޕްރެންޓިސްޝިޕް ފުރިހަކުރި ކުދިންގެ އަދަދު 247 އަށް
މި އަހަރު 15 ދަރިވަރުން އަލަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށި
15 ދަރިވަރުން ވަނީ ދަސްވެނިވެފަ

މި އަހަރުގެ ނިޔަލަށް ދިރާގު އެޕްރެންޓިސްޝިޕް ފުރިހަކުރި ކުދިންގެ އަދަދު 247 އަށް އަރައިފިއެވެ.

ބުދަ ދުވަހު ދިރާގުން ވަނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުމާއި އަލަށް އެ ޕްރޮގްރާމް ފެށި ކުދިންނަށް އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި އަހަރު 15 ދަރިވަރުން އަލަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށާފައިވާ އިރު 15 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި 7 ދަރިވަރަކު ވަނީ އެޕްރެންޓިސްޝިޕްގެ ދެ ވަނަ އަހަރު ދިރާގާއި އެކު ފަށާފައެވެ.

Advertisement

އެޕްރެންޓިސްޝިޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިފަދަ ޕްރޮގްރާމްތަކަކީ ގައުމަށް ބޭނުންވާ އުފެއްދުންތެރި ޒުވާނުން އުފެއްދުމަށް ނުހަނު މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ޒުވާނުން ބިނާކުރުމާއި އިޖުތިމާއީ އެހެން ދާއިރާތަކުގައި ދިރާގުން އަދާކުރާ ދައުރު ފާހަގަކޮށް އެކަމަށްޓަކާ ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ ދިރާގުގެ އެޕްރެންޓެންޝިޕް ޕްރޮގްރާމުގެ ޒަރީއާއިން ގާބިލް އެތައް މުވައްޒަފުންނެއް ތަމްރީނުވެފައިވާ ކަން ފާހަގަކުރައްވަފައެވެ. އަދި މި ޕްރޮގްރާމު މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ސެންޓަރުތަކުގައި ވެސް ހިންގަމުންދާތީ މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބެގެންވެސް މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދިރާގުން މެދު ނުކެނޑި އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިއީ 13 ވަނަ އަހަރެވެ. މަސައްކަތުގެ ޢަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދަށުން ހޮވޭ ކުދިންނަށް ފޯރުކޮށްދެމުން ދާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމް ނިންމާ ކުދިންނަކީ ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކު އަދާކުރަމުން އަންނަ ޒުވާނުން ކަމަށާއި، މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެކި ކަމަށް ދިރާގުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް