Advertisement
ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 18:35
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
އެމްއޭސީއެލް
އިންޑިއާއިން ލުއި ދިނުން
މިހާރު އިންޑިއާއަށް ދާން އެއަރ ސުވިދާ ފޯމު ފުރާކަށް ނުޖެހޭ
22 ނޮވެމްބަރުން ފެށިގެން މި ފޯމު ފުރިހަމަކުރާކަށް ނުޖެހޭ
ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 ވެކްސިން ފުރިހަމަކުރަންޖެހޭ

އިންޑިއާއަށް ދަތުރުކުރާއިރު މީގެ ކުރިން ފުރަން ޖެހުނު އެއަރ ސުވިދާ ފޯމު، ފުރިހަމަކުރަން ނުޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކޮވިޑް-19ގެ ހާލަތުގައި އެގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމަށް އެތެރެވުމުގެ ކުރިން އެއަރ ސުވިދާ ފޯމު ފުރަން ޖެހެއެވެ. މި ފޯމު ފުރިހަމަނުކޮށް އެގައުމަށް އެތެރެއެއް ނުވެވެއެވެ.

ހޯމަ ދުވަހު އެގައުމުގެ ހެލްތް އެންޑް ފެމިލީ ވެލްފެއަރ މިނިސްޓްރީން ވަނީ ކޮވިޑް-19ގެ ހާލަތުގައި އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައެވެ. މީގެ ތެރޭގައި އެއަރ ސުވިދާ ފޯމު ފުރިހަމަކުރަން ނުޖެހުން ހިމެނެއެވެ. މި ނިންމުން ނިންމާފައިވަނީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައިވުމާއި، ކޮވިޑް-19 ގެ ހާލަތު އެގައުމުގައި ކޮންޓްރޯލްކުރެވިފައިވާތީއެވެ. 22 ނޮވެމްބަރުން ފެށިގެން މި ނިންމުމަށް އަމަލުކުރަމުންދާނެއެވެ.  

Advertisement

އިންޑިއާގެ މި ނިންމުމާއެކު ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ ރާއްޖެއިން އިންޑިއާއަށްދާ ހުރިހާ ފަސިންޖަރުންވެސް ތިބްނެޖެހޭނީ ވެކްސިންހގެ ޑޯޒްތައް ފުރިހަމަކުރަންޖެހޭ މިންވަރަށް ފުރިހަމަކޮށްފައި ކަމަށެވެ. މީގެ އިތުރުން ދަތުރުމަތީގައި މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ވަގުތުން އެކަހެރިކުރަންޖެހޭނެކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

އަދި އެރައިވަލްގައިވެސް ހުރިހާ ފަސިންޖަރުންގެ ސިއްހީ ހާލަތު މޮނިޓަރަމުންދާނެ ކަމަށާއި، އަދި އަމިއްލައަށްވެސް ސިއްހަތު މޮނިޓަރ ކުރަމުންދިއުމަށް މޯލްޑިވިއަނުން ވަނީ އިރުޝާދުދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް