ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 15:29
އިންޑިއާގެ ބެސްޓް އެވޯޑްސް 2022ގެ ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
އިންޑިއާގެ ބެސްޓް އެވޯޑްސް 2022ގެ ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
އެމްއެމްޕީއާރްސީ
ޓްރެވަލް ޕްލަސް ލެއިޝަރ އެވޯޑް
"ޓްރެވަލް ޕްލަސް ލެއިޝަރ އިންޑިއާ"ގެ ބެސްޓް އެވޯޑްސް 2022ގެ ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
މި އެވޯޑަށް ވަނަތައް ހޮވަނީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި، އޮންލައިން ވޯޓިންގ ޕްލެޓްފޯމެއް މެދުވެރިކޮށް

"ޓްރެވަލް ޕްލަސް ލެއިޝަރ އިންޑިއާސް ބެސްޓް އެވޯޑްސް 2022"ގެ އިންޓަރނޭޝަނަލް ކެޓަގަރީން "ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން"ގެ އެވޯޑް ދިވެހިރާއްޖެއިން ހާސިލްކޮށްފިއެވެ.

މި އެވޯޑް އިއުލާންކޮށްފައިވަނީ ނޮވެމްބަރު 16، 2022ގައި ނިއުދިއްލީގެ އައިޓީސީ މައުރިޔާގައި ބޭއްވި ރީޑަރސް ޗޮއިސް ޓްރެވަލް ޕްލަސް ލެއިޝަރ އިންޑިއާގެ ބެސްޓް އެވޯޑްސް 2022ގެ 11 ވަނަ އެޑިޝަންގައެވެ. މި އެވޯޑާ ހަވާލުވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ އިބްރާހީމް ޝަހީބެވެ.

ޓްރެވަލް ޕްލަސް ލެއިޝަރގެ ބެސްޓް އެވޯޑްސްއިން ފަތުރުވެރިކަމުގެ ދާއިރާއިގެ އެންމެ މަގުބޫލު ކުންފުނިތައް ފާހަގަކުރެއެވެ. މި އެވޯޑަށް ވަނަތައް ހޮވަނީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި، އޮންލައިން ވޯޓިންގ ޕްލެޓްފޯމެއް މެދުވެރިކޮށެވެ. މި އެވޯޑްތައް އިއުލާންކޮށްފައިވަނީ ޓްރެވަލް ކޮމިއުނިޓީ އެއްކޮށްލައި، ޚާއްސަ ގާލާއެއްގައެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓެވެ. 9 ނޮވެމްބަރުގެ ނިޔަލަށް އިންޑިޔާ މާކެޓުން 195،015 ފަތުރުވެރިން ޒިޔާރަރްކޮށްފައިވާއިރު، މިއީ 14 އިންސައްތަ މާކެޓް ޝެއަރއެވެ. 2020 ވަނަ އަހަރުވެސް އިންޑިއާ ވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ. އެއީ 11.3 އިންސައްތައިގެ މާކެޓް ހިއްސާއާއެކު 62،960 އެރައިވަލްސްއެވެ. އަދި 2021 އަހަރުވެސް އިންޑިއާއަކީ ރާއްޖޭގެ ޓޮޕް މާކެޓެވެ. އެ އަހަރު 278،740އަށްވުރެ ގިނަ ފަތުރުވެރިންނާ އިންޑިއާއިން ރާއްޖެއަށް ޒިޔާާރަތްކުރިއެވެ، އެއީ އެ އަހަރުގެ ޖުމްލަ އެރައިވަލްގެ 22.6 އިންސައްތައެވެ.

މި ޝަރަފުވެރި އެވޯޑަކީ އިންޑިއާގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ހިންގަމުންދާ މާކެޓިންގގެ އެކިއެކި ހަރަކާތްތަކުގެ ނަތީޖާއެވެ. ދާދި ފަހުން ރާއްޖެއިން  ވަނީ ޖެހިޖެހިގެން ތިންވަނަ އަހަރު - (2020، 2021، އަދި 2022 ގައި)، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެމްޕީއާރުސީން މި އަހަރު ވަނީ "ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް"ގެ މަގާމުވެސް ކާމިޔާބުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް