ކ. މާލެ
|
19 ނޮވެންބަރ 2022 | ހޮނިހިރު 05:52
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން
ހޮނިހިރު ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން 11:00ށް މައްޗަންގޮޅީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑޭނެ

ހޮނިހިރު ދުވަހުގެ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން 11:00ށް މައްޗަންގޮޅީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. އެގޮތުން ކަރަންޓް ކެނޑޭނީ ވައިދެރި ހިނގުމާއި، އަމީނީ މަގާއި، ތަބުރޭޒީ ހިނގުމުގެ އިތުރުން މާފަތްތަކުރުފާނު މަގާއި، ހުދުފަޅު ހިނގުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުވެސް މާލެ އާއި ހުޅުމާލޭގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް