ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 18:54
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓްރީ
ހައްޖު ކޯޕަރޭޝަން
1443 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައިވަނީ 458 ހައްޖުވެރިން
1443 ވަނަ އަަަހަރު އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ނުދޭ
އާއްމުކޮށް ހުޅުވާލައިގެން ގުރުއަތުން ހޮވުނު 100 މީހުން ހައްޖަށް ގެންގޮސްފައިވޭ

1443 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައިވަނީ 458 ހައްޖުވެރިން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އަންގާރަ ދުވަހު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވަނީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އެ ކުންފުނިން ގެންދިޔަ ހައްޖުކިއުގައި ހިމެނޭ 241 ފަރާތެއް ހިމެނޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެންގި އެންގުމާއެއްގޮތަށް އާއްމުކޮށް ހުޅުވާލައިގެން ގުރުއަތުން ހޮވުނު 100 މީހުން ހައްޖަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ހައްޖަށް ގެންދިޔަ 76 މީހަކާއި އެހީތެރިންނާއި އޮފިޝަލުންގެ ގޮތުގައި ބައިވެރިވި އޮފިޝަލުން އަދި ކުންފުނީގެ ބޭރުން ގެންދިޔަ 27 އެހީތެރިން އެ އަހަރު ހައްޖަށް ގެންގޮސްފައިވާ ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގޮސްފައި ނުވާ ކަމަށް ވެސް މިިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް