Advertisement
ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 13:30
އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެފައިވޭ
އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެފައިވޭ
ރާއްޖެއެމްވީ
ވަގު ފޯމު ހުށަހެޅުން
ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމާބެހޭ އުސޫލު އާންމުކޮށްފި
ޝަކުވާގެ ޖަވާބު 3 ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ
ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން ބަޔާންކޮށްދޭ މެސެޖެއް ފޮނުވަން ޖެހޭ
ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޠިލު ކުރެވޭނެ

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި ޝަކުވާ ހުށަހެޅުމާބެހޭ އުސޫލު އާންމުކޮށްފިއެވެ.

ސިޔާސީ ޕާޓީގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ޖަދުވަލު 8 ގައި މި އުސޫލު ވަނީ އާންމުކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރު ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މިގޮތުން އާންމުކުރާ ލިސްޓުގައި މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަކުރާއި، ދަފުތަރު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމަނަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އެ މަޢުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްޝަންސް ކޮމިޝަނުން އެ ފަރާތް ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން ބަޔާންކޮށްދޭ މެސެޖެއް ފޮނުވަން ޖެހެއެވެ. އަދި އެ މެސެޖަށް 7 ދުވަހުގެ ތެރޭގައި އެ ފަރާތުން ޖަވާބު ދޭންވެސް ޖެހެއެވެ.

Advertisement

އޭގެ އިތުރުން، ޝަކުވާގެ ޖަވާބު 3 ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުން، ޝަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްޝަންސް ކޮމިޝަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޠިލުކޮށް، އެ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އެކަން އަންގަންވާނެކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އަދި ޞައްޙަނޫން ފޯމު ހުށަހެޅި ޕާޓީއަކާ މެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅަންވާނެކަމަށް ޤަވާއިދުގައި ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ސައްޙަ ނޫން ފޯމުތައް ހުށަހަޅާ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ބައެއް މީހުންނަށް ނޭނގި އެމީހުންގެ ފޯމުތައް އީސީއަށް ހުށަހަޅައި ޕާޓީތަކުގެ ދަފްތަރުގައި ޖައްސާ ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގިނަ ފަހަރަށް މިގޮތަށް ސައްޙަ ނޫން ފޯމުތައް ހުށަހަޅަނީ ޕާޓީގައި 10،000 މެމްބަރުން ހަމަ ކުރުމަށެވެ.

އެއީ ޤާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭނީ އެ އަދަދު ހަމަވާ ޕާޓީތަކަށް ކަމަށް ވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް